

ހުރުން
Presentation
•
World Languages
•
3rd - 4th Grade
•
Hard
Fathima Rasheeda
Used 2+ times
FREE Resource
10 Slides • 6 Questions
1
ހުރުން
"ހުރުން" ބޭނުންކުރެވޭ ޙާލަތްތައް

2
ލާރނިން އިންޓެންޝަން
ދިބެހި ބަހުން ވާހަކަދައްކާ، ލިޔެހަދާއިރު "ހުރުން" ބޭނުންކުރެވޭ ތަފާތު ގޮތަތައް އެނގުން
3
ސަކުސަސް ކުރައިޓީރިއާ
މިއަދުގެ ފިލާވަޅު ކާމިޔާބުވާނީ
ހުރުން ބޭނުންކުރެވޭ ތަފާތު ގޮތްތައް އެނގުމުން *
ހުރުން ބޭނުން ކުރެވޭ ޙާލަތްތަކުގެ ކުއިޒްގައި ނިންމުމުން *
4
ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ ފިރިހެނަކަށް ނިސްބަތް ކުރާއިރު
ބޮޑުބޭބެ ހުންނަނީ ހުވަނދުގޭގައެވެ
5
އެއް ބާވަތެއްގެ ގިނަތަކެތި އެއްކުރުމުން
ދޮންކެޔޮ ހުރީ ވަށިގަނޑުގައެވެ
6
އެތައް ބާވަތެއްގެ ގިނަ ތަކެތި އެއްކުރުމުން
މޭޒުމަތީގައި ހުރި ތަށިތަކާއި އޫތައް ދޮވެލާށެވެ
7
އޭގެ ޒާތުގައި ނުވަތަ އަމިއްލަ ބާރުގައި ހުންނަ ތަކެއްޗަށް
މޭޒުމަތީގައި ހުރި ސޯނާގަޑި ގެނެސްދީބަލާށެވެ
8
އިންސާނުންގެ ކިބައިގައި ހުންނަ މަޢުނަވީ ސިފަތަކަށް
ބައްޕަ ގެއަށް އައުން ލަސްވާތީ ރާޔާ ހުރީ ވަރަށް ދެރަވެފައެވެ
9
އިންސާނުންނާއި ހަތަރެސްފައި ހުންނަ ދިރޭތަކެތި ދެފައިމަތީވާ ޙާލަތުގައި
ބުޅާ ހުރީ ކުޑަދޮރަށް މުޑިނަގައިގެންނެވެ
10
Multiple Choice
ރަނގަޅު ޖުމުލަ ފާހަގަކުރާށެވެ
ފިނިފެންމާގަހުގައި ބައިވަރު ފިނިފެންމާތައް އެބައިނެވެ
ފިނިފެންމާގަހުގައި ހުރި މާތައް ވަނީ ފޮޅިފައެވެ
ގަހުގައި އެއޮތީ ހާދަ ބައިވަރު މާތަކެކެވެ
11
Multiple Choice
"ދޮންބޭބެ ހުރީ ހޯރަފުށީގައެވެ"
މި ޖުމުލައިގައި ހުރުން ބޭނުންކޮށްފައިވާ ޙާލަތަކީ
ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ ފިރިހެނަކަށް ނިސްބަތްކުރާއިރު
އޭގެ ޒާތުގައި ނުވަތަ އަމިއްލާބާރުގައި ހުންނަ ތަކެއްޗަށް
އިންސާނުންގެ ކިބައިގައިވާ މަޢުނަވީ ސިފަތަކަށް
12
Multiple Select
ތިރީގައިވާ ޙާލަތްތަކުން ހުރުން ބޭނުންކުރެވޭ ޙާލަތްތަކަކީ
ހަތަރުފަޔަށްވުރެ ގިނަ ފައި ހުންނަ ތަކެއްޗަށް ނިސްބަތްކޮށް ބުނާއިރު
އެއްބާވަތެއްގެ ގިނަތަކެތި އެއްކުރުމުން
އިންސާނުންނާއި ހަތަރެސްފައި ހުންނަ ދިރޭތަކެތި ދެފައިމަތީ ވާޙާލު
އަމިއްލަ ބާރުގައި ނުހުރެވޭ ތަކެއްޗަށް
13
Fill in the Blanks
ހުރުން، ބޭނުންކޮށްގެން ތަސްވީރާއިބެހޭގޮތުން ޖުމުލައެއް ލިޔެލާށެވެ
Type answer...
14
Poll
ދިވެހިބަހުގައި ހުރުން، ބޭނުންކުރެވޭ ޙާލަތަތަކުގެތެރެއިން މަދުވެގެން 3 ޙާލަތް ބުނެދޭން އެނގޭނެތަ؟ ☺️
ލައްބަ
ކޮންމެވެސް ވަރަކަށް އެނގޭ
އަދި ނޭނގޭ
15
Open Ended
ހުރުން ބޭނުންކުރެވޭ ތަފާތު 2 ހާލަތެއް ބޭނުންކޮށްގެން 2 ޖުމުލަ ލިޔެލާށެވެ
16
ޝުކުރިއްޔާ
ހުރުން
"ހުރުން" ބޭނުންކުރެވޭ ޙާލަތްތައް

Show answer
Auto Play
Slide 1 / 16
SLIDE
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade